ވަޒީރުން މާލީ ބަޔާން ހާމަނުކުރާނަމަ މުސާރައިން ކެނޑޭ ގޮތަށް، ގާނޫނުއަސާސީއަށް ގެންނަ އިސްލާހު މާދަމާގެ އެޖެންޑާގައި

ސަން

5 އޮކްޓޯބަރު 2025 | އާދިއްތަ | 8:14

ސަރުކާރުގެ ވަޒީރުން މާލީ ބަޔާން ހާމަނުކުރާނަމަ މުސާރައިން ކެނޑޭ ގޮތަށް، ގާނޫނުއަސާސީއަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހަޅުއްވާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ވަޒީރުންގެ މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން ލާޒިމުކޮށްފައިވަނީ ގާނޫނުއަސާސީގެ 138 ވަނަ މާއްދާގައެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ، ކޮންމެ އަހަރަކު އެއް ފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓާ ޖެނެރަލަށް ހުށަހެޅުން ލާޒިމް ކަމަށް ބަޔާންކޮށްފައިވެއެވެ.

އެ މާއްދާ އިސްލާހުކުރަން ހުށަހަޅުއްވަމުން ކުޑޫ ވިދާޅުވެފައިވަނީ، އެ މާއްދާގައި، ވަޒީރުން މުދަލާއި ފައިސާގެ ބަޔާން ހުށަހަޅަން ޖެހޭ ވަކި މުއްދަތެއް ނުވަތަ ވަކި ތާރީޚެއް ކަނޑައަޅައިފައިނެތް ކަމަށެވެ. އަދި ވަޒީރުކަމުގެ ދައުރު ފެށުމާއެކު ވަކި މުއްދަތެއްގެ ތެރޭގައި ބަޔާން ހާމަކުރުން ލާޒިމެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް