އޮންލައިންކޮށް މަސައްކަތްކުރާތާ ހަތަރު މަސް ފަހުން އައިކޮމްއަށް އޮފީހެއް، ނޮވެންބަރުގައި ބަދަލުވަނީ

ސަން

5 އޮކްޓޯބަރު 2025 | އާދިއްތަ | 11:59

އޮފީހުގައި ފޫޖަހައިގެން މީގެ ހަތަރު މަސް ކުރިން މަސައްކަތް އޮންލައިންކުރި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އަށް އައު އޮފީހެއް ހަމަޖެހި، އަންނަ ނޮވެންބަރު މަސް ތެރޭ ބަދަލުވާން މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ކުރިން އެ އައިކޮމް ހިންގި ގ. ބިއްލޫރިގޭގައި ފޫޖަހައި، މުވައްޒަފުންގެ ސިއްހަތަށް ނުރައްކާވެފައި ވަނިކޮށް، މަސައްކަތްތައް އޮންލައިން ކުރީ މިދިޔަ މެއި މަހުގެ 20ގައެވެ. އެހެންވެ، އެ އޮފީހުގެ މުވައްޒަފުން މަސައްކަތް ކުރަމުން އައީ ގޭގައި ތިބެގެނެވެ. އޭގެފަހުން، މިހާރު ހަތަރު މަހަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.

://./206209

މައުޟޫޢުތަށް