މުވައްޒަފުންނަށް އައު އެލަވަންސެއް ދިނީ ބަޖެޓުގައި ހުއްދަ ދީފައި އޮތީމަ: އައިކޮމް
ސަން
6 އޮކްޓޯބަރު 2025 | ހޯމަ | 9:43
ނެޝަނަލް ޕޭ ކޮމިޝަނުގެ ހުއްދަ ނެތި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން އައު އެލަވަންސެއް ދިނީ، މަޖިލީހުގެ ބަޖެޓުން އެކަމަށް ހުއްދަ ދީފައި އޮތުމުން ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިދިޔަ ޖުލައި މަހުގެ 31ގެ ނިޔަލަށް ނެޝަނަލް ޕޭ ކޮމިޝަނުގެ ހުއްދަ ނުހޯދައި، އައިކޮމްގެ މުވައްޒަފުންނަށް އައު އެލަވެންސެއް ދިނުމަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން އެ އޮފީހުގެ އޮޑިޓު ރިޕޯޓުން ހާމަވެފައެވެ.
://../212188