ކައުންސިލާ ގުޅޭ ޚިޔާލު ހޯދުމުގެ ވޯޓު، އައްޑޫގެ ތިން ރަށެއްގައި މި މަހުގެ ފަހުކޮޅު ބާއްވަނީ
ސަން
5 އޮކްޓޯބަރު 2025 | އާދިއްތަ | 10:00
އައްޑޫ ސިޓީގެ ކައުންސިލް އެކުލެވިފައިވާ ގޮތާ ގުޅޭ ގޮތުން ތިން ރަށެއްގައި ޚިޔާލު ހޯދުމުގެ ވޯޓު މި މަހުގެ ފަހު ހަފުތާ ބަންދުގައި ބާއްވަން ކެބިނެޓުން މިއަދު ނިންމައިފިއެވެ.
އައްޑޫގެ ސިޓީ ކައުންސިލް އޮންނާނެ ގޮތަކާ މެދު ވޯޓެއް ނެގުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން މިދިޔަ މަހު 13ގައިރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވައިފައެވެ.
އެ މަނިކުފާނު ވިދާޅުވީ، 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮތް ދުވަސްވަރު އައްޑޫގެ ރައްޔިތުންނާ ބައްދަލުވެ، ސިޓީއެއްގެ ގޮތުގައި އޮންނަ ބައެއް ކަންކަމަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ވާހަކަ ދެކެވުނު ކަމަށެވެ.