ހޯނޑެއްދޫގެ އުމުރުން ދުވަސްވީ ބަލި މީހަކު ބަލަހައްޓައިދޭން އެދުނުތާ މަހެއް ވަނީ، ހައްލެއް ނުލިބޭ

ސަން

6 އޮކްޓޯބަރު 2025 | ހޯމަ | 1:36

ގދ. ހޯނޑެއްދޫގެ 64 އަހަރުގެ ބަލި މީހަކު މަރުކަޒުކޮށްގެން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ފެމިލީ މިނިސްޓްރީގައި މިދިޔަ މަހު އެދުނު ނަމަވެސް، ހައްލެއް ލިބިފައިނުވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ހޯނޑެއްދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ 64 އަހަރުގެ، އަޅާލާނެ މީހަކު ނެތް ހާލު ދެރަ ބަލި މީހަކު މިދިޔަ ހޮނިހިރު ދުވަހު އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔުމަށް ފަހު، ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި ހަމަ އެ ދުވަހު ފަރުވާއަށް މާލޭގައި ހުންނަ އައިޖީއެމްއެޗަށް ގެނައި ކަމަށް ކައުންސިލުން ބުންޏެވެ.

އެ ބަޔާނުގައި ވަނީ، އެ މީހާ ހަމަ އެ ދުވަހު އަނބުރާ ރަށަށް ފޮނުވާލައިފައިވާ ކަމަށެވެ.

މައުޟޫޢުތަށް