މަހާޒުގެ ނަން ޓެކްސް ޓްރައިބިއުނަލަށް ފޮނުވުން ދިފާއުކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ އެއީ ދުނިޔޭގެ އުސޫލުކަމަށް

ސަން

6 އޮކްޓޯބަރު 2025 | ހޯމަ | 2:21

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި މަހާޒް އަލީ ޒާހިރު, ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަންކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ފޮނުއްވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުالله ދިފާއުކުރައްވައިފިއެވެ.

މަހާޒު ހިމެނޭހެން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމީ މިދިޔަ މޭ މަހުގައެވެ. ދެ ފަނޑިޔާރުން ވަކިކުރީ މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، އިދިކޮޅުން ސުޕްރީމް ކޯޓަށް ވެއްދުމާ އެކު، އެ ކޯޓުން އެ މައްސަލަ ބަލަނިކޮށެވެ.

އެ ގޮތުން، މިދިޔަ ފެބްރުވަރީ މަހު ޖޭއެސްސީން އަޒްމިރަލްދާއާއި މަހާޒާއެކު ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑުކުރިއެވެ. އެއަށް ފަހު ސުއޫދު މަގާމުން އިސްތިއުފާދެއްވީއެވެ.

މައުޟޫޢުތަށް