ކިއު ސްޓަޑީ މޯލްޑިވްސް "ޒެޑެކްސް ސްޓަޑީ އެބްރޯޑް"އަށް ރީބްރޭންޑްކޮށްފި

ސަން

6 އޮކްޓޯބަރު 2025 | ހޯމަ | 5:06

ދިވެހިރާއްޖޭގެ ލީޑިން ސްޓޫޑެންޓް ކޮންސަލްޓެންސީއެއް ކަމަށްވާ ކިއު ސްޓަޑީ މޯލްޑިވްސް ރަސްމީކޮށް ޒެޑެކްސް ސްޓަޑީ އެބްރޯޑް އަށް ރީބްރޭންޑްކޮށްފިއެވެ.

ދިހަ އަހަރަށް ވުރެ ގިނަ ދުވަހު އެ ކުންފުނިން ވަނީ ރާއްޖޭގެ ދަރިވަރުންނަށް މަތީތައުލީމު ހާސިލްކުރުމަށް ރާއްޖެއިން ބޭރުގެ، ޔުނިވާސިޓީތަކުން ފުރުސަތު ހޯދައިދިނުމުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެފައެވެ. އެ ކުންފުނީގެ މަސައްކަތްތަކަށް ބަލައިލާއިރު، މިއަދާ ހަމައަށް އެ ކުންފުނީގެ އެހީގައި 600 އަށްވުރެ ގިނަ ދަރިވަރުނދުނިޔޭގެ އިތުބާރު ހޯދާފައިވާ ޔުނިވާސިޓީތަކުން ތައުލީމު ހާސިލްކޮށްފައިވެއެވެ.

ކިއު ސްޓަޑީ މޯލްޑިވްސް އިން ޒެޑެކްސްއަށް ސްޓަޑީ އެބްރޮޑަށް ރީ ބްރޭންޑް ކުރެވި، ދިވެހިވަންތަ ޚިދުމަތްތަކެއް ދިނުމުގެ އިތުރުން، މި ޚިދުމަތްތަށް އިތުރަށް ފުޅާކުރުމަށް ވެސް ކުންފުނިން ނިންމާފައިވެއެވެ. އެގޮތުން، 2026 ގެ ނިޔަލަށް ޒެޑެކްސް މެދުވެރިކޮށް ކިޔަވަންދާ ދެ ދަރިވަރަކަށް "ޤިބްލަ" މެދުވެރިކޮށް އުމްރާ ދަތުރެއް ދިނުމަށް މިވަނީ ހަމަޖެހިފައެވެ.

މައުޟޫޢުތަށް