ރައީސް މުއިއްޒު ނޫނީ އިޚުލާސްތެރި ނިޔަތެއް އޮތް ވެރިއަކު ނުދެކެން: ގާސިމް
ސަން
6 އޮކްޓޯބަރު 2025 | ހޯމަ | 5:58
ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫނީ އިޚުލާސްތެރި ނިޔަތެއް އޮވެގެން މަސައްކަތްކުރެއްވި އެހެން ރައީސެއް ދެކެވަޑައިނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
މި ފަހުން އެ މަނިކުފާނު ގެންދަވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި، ސަރުކާރުގެ ދިފާއުގައި ވަކާލާތުކުރައްވަމުންނެވެ.
އެ މަނިކުފާނުގެ ދާއިރާގެ ރަށެއް ކަމަށްވާ އދ. ފެންފުއްޓަށް މިއަދު ރައީސް މުއިއްޒު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވެވި ޖަލްސާގައި ވެސް އެ މަނިކުފާނު ވަނީ ރައީސަށް ތައުރީފުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އާ ގާނޫނުއަސާސީ އެކުލަވައިލި ފަހުން އުފެދުނު ގިނަ ވެރިކަންތަކުގައި ބައިވެރިވެވަޑައިގެން ގާސިމް ވަނީ ގިނަ ރައީސުންތަކަކާ އެކު މީގެ ކުރިން މަސައްކަތްކުރައްވާފައެވެ.