ކުރީގެ ރައީސުންނަށް ފާޑުވިދާޅުވެ، ގާސިމްގެ ސެލިއުޓް ރައީސް މުއިއްޒަށް

ސަން

6 އޮކްޓޯބަރު 2025 | ހޯމަ | 10:20

ކުރީގެ ރައީސުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި ސެލިއުޓްކުރައްވައިފިއެވެ.

އެ މަނިކުފާނު ވަނީ ކުރީގެ ރައީސުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޚާއްސަކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ފާޑުވިދާޅުވިއެވެ.

އދ. އަތޮޅަށް ރައީސް މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މާމިގިލީގައި މިރޭ ބޭއްވި ޖަލްސާގައި ކުރީގެ ހުރިހާ ރައީސުންނަށް ވެސް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ، ފާއިތުވި ސަރުކާރުތަކުން އޮތީ ގައުމު ދަރުވާލާފައި ކަމަށެވެ. އެކިއެކި ނަންނަމުގައި ދަރަނި ނަގަމުން ނަގަމުން ގޮސް އޮތީ ބަނގުރޫޓުވާ ހިސާބުގައި ކަމަށެވެ.

މައުޟޫޢުތަށް