މާމިގިލީގައި އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް އިމާރާތްކުރަން މަގު ހަދާ ކުންފުންޏަށް
ސަން
6 އޮކްޓޯބަރު 2025 | ހޯމަ | 11:11
އދ. މާމިގިލީގައި އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް އިމާރާތްކުރަން ސަރުކާރުގެ މަގު ހަދާ ކުންފުނި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ މިރޭ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މާމިގިލީގައި ތަރައްގީކުރާ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ކެމްޕަހުގައި އިދާރީ އޮފީހަކާއި ލައިބްރަރީއެއްގެ އިތުރުން ފަސް ކްލާސްރޫމާއި މަލްޓި ޕާޕަސް ސެމިނާ ހޯލެއް ވެސް ހިމެނެއެވެ. އަދި، މި ކެމްޕަހުގައި މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކެއް ވެސް ހިމެނޭނެއެވެ.