"ގިނަ ދަރިން ހޯދާނަމަ ފައިސާ ދީގެން ނަމަވެސް، އާބާދީ އިތުރުކުރަންޖެހޭ"
ސަން
7 އޮކްޓޯބަރު 2025 | އަންގާރަ | 11:51
ރާއްޖޭގެ އާބާދީ މިއަދު ކޮންމެހެން ވެސް އިތުރުކުރުން މުހިންމު ކަމަށާއި، އެކަމަށް ޓަކައި ގިނަ ދަރިން ހޯދާނަމަ އިނާޔަތް ދިނުން ފަދަ ކަންކަން ކޮށް، ސަރުކާރުން އެކަށައަޅަންވީ ކޮން އުސޫލުތަކެއްތޯ ދެނެގަންނަންޖެހޭ ކަމަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވިދާޅުވެއްޖެއެވެ.
ރިޓަޔާކުރާ އުމުރު ކަމަށްވާ 65 އަަހަރު ފުރުމުން ވަޒީފާއިން ރިޓަޔާކުރާ މީހުންނަށް އަލުން ވަޒީފާ ހަމަޖައްސައިދޭނެ ގޮތެއް ފަހިކޮށް ހުށަހަޅާފައިވާ ރީއެމްޕްލޯއިމެންޓް ބިލަށް ބަހުސްކުރައްވަމުން ބައެއް މެންބަރުން ވަނީ ރާއްޖޭގެ އާބާދީ އިތުރުކުރުމަށް ކުރެވޭނެ ކަންކަމުގެ މައްޗަށް އަލިއަޅުވައިލައްވައިފައެވެ.
އެގޮތުން ޕީއެންސީގެ ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މި ބިލުގެ މަގްސަދަކީ، ރާއްޖޭގެ އާބާދީ ހިފެހެއްޓިފައި އޮތުމާއެކު، 65 އަހަރު ފުރި ރިޓަޔަކުރުމާ އެކު ވެސް އިތުރަށް ޚިދުމަތް ކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.