އެމްޑީޕީއާއި ޕީއެންސީގެ ތަފާތެއް ނެތް، ބޮޑުވަނީ ޕާޓީ މީހާގެ ޖީބު: އުމަރު
ސަން
7 އޮކްޓޯބަރު 2025 | އަންގާރަ | 12:30
އިދިކޮޅު އެމްޑީޕީއާއި މިހާރު ވެރިކަމުގައި ތިއްބެވި ޕީއެންސީން ވެރިކަން ކުރާ ގޮތުގައި މާ ބޮޑު ތަފާތެއް ނެތް ކަމަށާއި ދެ ވެރިކަމުގައި ވެސް ފެނުނީ ޕާޓީ މީހާގެ ޖީބު ބޮޑުވިތަން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެއެވެ.
އުމަރު ގެންދަވަނީ ޕާޓީތަކުގެ ވެރިކަންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅުގައި ހިންގަވާ 'ޗެނަލް 13'ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، މިހާރު މި އޮތް ޕީއެންސީގެ ސަރުކާރުން ވެސް ފެންނަނީ މިދިޔަ ފަސް އަހަރު އެމްޑީޕީން ކުރި ގޮތަށް ވެރިކަން ކުރާ މަންޒަރު ކަމަށެވެ. އެގޮތުން، ގިނަ ކަންކަމުގައި މި ސަރުކާރުން މިހާރު ގެންގުޅެނީ ވެސް އޭރު އެމްޑީޕީން ގެންގުޅުނު ސްޓޭންޑް ކަމަށް އޭނާ ވިދާޅުވިއެވެ.