ބަހުސްކުރުމެއް ނެތި، ވަޒީރުން މާލީ ބަޔާން ހުށަނާޅާނަމަ މުސާރައިން ކެނޑޭ އިސްލާހު ބަލައިގެންފި

ސަން

7 އޮކްޓޯބަރު 2025 | އަންގާރަ | 1:22

އެއްވެސް ބަހުސެއް ކުރުމެއް ނެތި އަދި ފަހު ބަސް ވެސް އިއްވުމެއް ނެތި، ސަރުކާރުގެ ވަޒީރުން މާލީ ބަޔާން ހާމަނުކުރާނަމަ މުސާރައިން ކެނޑޭ ގޮތަށް، ގާނޫނުއަސާސީއަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

އާދީއްތަ ދުވަހު ކުޑޫ ހުށަހެޅުއްވި ބިލު ތައާރަފުކުރީ އިއްޔެގެ ޖަލްސާގައެވެ. މިއަދުގެ ޖަލްސާގައި އެ ބިލަށް ބަހުސްކުރަން ތާވަލުކޮށްފައި އޮތްއިރު، ބިލުގެ ބަހުސަށް ހުޅުވާލުމުން ބަހުސްގައި ބައިވެރިވާނެ މެންބަރަކު ނުވިއެވެ. އަދި، ފަހުބަސް އިއްވުމަށް މަޖިލީހުގެ ރިޔާސަތުން ކުޑޫއަށް ފުރުސަތު ދިނުމުން، ކުޑޫ ވިދާޅުވީ ފަހުބަސް އިއްވަން ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ.

އެހެންވެ، ރިޔާސަތު ބެލެހެއްޓެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ނިންމެވީ ބިލުގެ ބަހުސް ނިމުނީ ކަމަށެވެ. އޭގެ ފަހުން މިއަދުގެ ޖަލްސާގައި މި ބިލު ބަލައިގަތުމަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 59 މެންބަރުން ވެސް ވަނީ ބިލު ބަލައިގަތުމަށް ވޯޓުދެއްވައިފައެވެ.

މައުޟޫޢުތަށް