ކުއްޖާ ގައިގައި ޖެހުނު ސައިކަލު ދުއްވި މީހާ ދޫކޮށްލައިފި، ކުއްޖާގެ ހާލު ރަނގަޅު

ސަން

7 އޮކްޓޯބަރު 2025 | އަންގާރަ | 1:46

ހަ އަހަރުގެ ކުޑަކުއްޖެއްގެ ގައިގައި ސައިކަލުން ޖެހުމުން ވެސް، ސައިކަލު ދުއްވި މީހާ ދިޔައީ މަޑުނުކޮށް ކަމަށް ބުނެ މިހާރު ހައްޔަރުކުރުމަށްފަހު، އޭނާ ދޫކޮށްލައިފިއެވެ.

މި ހާދިސާ ހިނގީ ތިނަދޫ އާބާދީ ހިނގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ދުވެފައި މަގު މައްޗަށް އެރި ކުޑަކުއްޖެއްގެ ގައިގައި ޖެހިގެން މިދިޔަ ހޮނިހިރު ދުވަހުގެ 18:16 އެހާކަންހާއިރު ކަމަށެވެ.

މި އެކްސިޑެންޓް ހިނގިގޮތުގެ ވީޑިއޯއެއް 'ފޭސްބުކް'ގައި އާންމުވެފައިވާއިރު ވީޑިއޯއިން ފެންނަނީ ކުޑަކުއްޖަކު ތިނަދޫގެ މަގެއް މައްޗަށް ދުއްވައިގަތް ވަގުތު އެ މަގުން ބާރަށް ދުއްވާފައި އައި ސައިކަލަކުން އައިސް ކުއްޖާގެ ގައިގައި ޖެހޭ މަންޒަރެވެ.

މައުޟޫޢުތަށް