މުސާރައަށް ބަދަލު އައިކަމަށް ބުނެ، އޮޑިޓް އޮފީހުން 134.5 މިލިއަންގެ ބަޖެޓެއް
ސަން
7 އޮކްޓޯބަރު 2025 | އަންގާރަ | 2:10
އަންނަ އަހަރަށް ލަފާކޮށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން 134.5 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނީ، އަންނަ އަހަރު 81 އޮޑިޓެއް ކުރިއަށް ގެންދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އޭގެ ތެރޭގައި ޚާއްސަ ނުވަ އޮޑިޓަކާއި މިނިސްޓްރީތަކުގެ 61 އޮޑިޓެއް ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ 94 އޮޑިޓެއް ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އާއި އދ. ގެ އެހީގެ ދަށުން ހިންގާ މަޝްރޫއުތައް ކުރިއަށް ދޭތޯ 27 އޮޑިޓެއް ހިންގުމުގެ އިތުރުން ކައުންސިލްތަކުގެ ދަށުން ހިންގާ ކުންފުނިތަކުގެ 22 އޮޑިޓަކާއި އެކި ކުންފުނިތަކުގެ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ޑިޕާޓްމަންޓްގެ 16 އޮޑިޓެއް ހިންގޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާގެ ފަރާތުން ބުންޏެވެ.