ތައުލީމީ ގުޅުން ބަދަހިކުރަން ޖަޕާނާ އެކު މަޝްވަރާކޮށްފި
ސަން
7 އޮކްޓޯބަރު 2025 | އަންގާރަ | 2:59
ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރަން ޖަޕާނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ، މެޑަމް ސާޖިދާގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގައެވެ.
މި އަހަރަކީ ޖަޕާނާއި ރާއްޖޭގެ ސިޔާސީ ގުޅުމަށް 58 އަހަރު ފުރޭ އަހަރެވެ.