ވަކި ފުލެޓުތައް ލިބުނު ދެމަފިރިން ހިމެނޭ ގޮތަށް، ގެދޮރުވެރިޔާއަށް ޝަރުތު ހަމަވި މީހުންނަށް ގުރު ނަގަނީ

ސަން

7 އޮކްޓޯބަރު 2025 | އަންގާރަ | 5:24

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން 73 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބި ގުރުއަތު ނެގުމުން އުނިވި މީހުންގެ ގުރު މާދަމާ ނެގުމަށް ހައުސިން މިނިސްޓްރީން މިއަދު ނިންމައިފިއެވެ.

ގެދޮރުވެރިޔާ ސްކީމުން 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ 301 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނުނަގައި، 75 މާކްސް ލިބުނު 315 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގައި އެ މީހުންނަށް ފްލެޓް ދީފައިވާކަން ފާހަގަކުރެވިފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އެހެންވެ، ހައުސިން މިނިސްޓްރީން ނިންމީ 76 ޕޮއިންޓް ލިބި ގުރުއަތުން ބާކީވި މީހުންގެ ގުރު އަލުން ނަގައި، ފުލެޓު ދިނުމަށެވެ.

މައުޟޫޢުތަށް