ޝަރީއަތް ނިމެންދެން ބަންދުކުރި ލަމްހާ ދޫކޮށްފައި: ދައުލަތުން އެދެނީ ބަންދު ކުރަން، ކޯޓުން ބޭނުމީ ޓެގު އަޅުވަން
ސަން
7 އޮކްޓޯބަރު 2025 | އަންގާރަ | 6:56
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ އަބްދުއްރަހްމާން އަނެއްކާވެސް ބަންދުން ދޫކޮށްލާފައި ހުންނަތާ އެތައް ދުވަހެއްވެއްޖެކަން އެނގިއްޖެއެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ލަމްހާ ވަކި މުއްދަތަކަށް، ޝަތުރުތަކަކާއެކު ކުރިންވެސް ދޫކޮށްލިއެވެ. އެކަމަކު އެ ފަހަރުވެސް ދައުލަތުން މަތީ މަރުހަލާގެ ކޯޓަށް ގޮސްގެން ލަމްހާ އަލުން ބަންދުކުރިއެވެ.
އެކަމަކު "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލަމްހާ މިހާރު އަނެއްކާވެސް ހުރީ ދޫކޮށްލާފައެވެ. ލަމްހާ ބަންދު ކުރަން ދައުލަތުން އެދޭއިރު، ކްރިމިނަލް ކޯޓުގެ ހުށަހެޅުމަކީ އޭނާގެ ފައިގައި ޓެގް އަޅުވައި އޭނާ މޮނިޓާ ކުރުން ކަމަށްވަނީ އެނގިފައެވެ.