ޓެކްސް ޓްރައިބިއުނަލަށް އައްޔަންކުރަން، ކޮމިޓީން އެންމެ މަތީ މާކްސް މަހާޒަށް

ސަން

7 އޮކްޓޯބަރު 2025 | އަންގާރަ | 9:13

ޓެކްސް އެޕީލް ޓްރައިބިއުނަލުން ހުސްވެފައިވާ ދެ މަގާމަށް ބޭފުޅުން އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ލިސްޓުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި މަހާޒް އަލީ ޒާހިރަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެންމެ މަތީ މާކްސް މިއަދު ދީފިއެވެ.

ޓްރައިބުނަލްގެ ދެ މަގާމެއް ހުސްވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ޓްރައިބިއުނަލަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ވަނީ ހަތް ނަމެއް މަޖިލީހަށް ފޮނުއްވައިފައެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ މަހާޒުގެ ނަމެވެ.

އެ ނަންތައް ޖުޑިޝަރީ ކޮމިޓީން މިއަދު ވަނީ ދިރާސާކޮށްފައެވެ. އެ ހަތް ބޭފުޅުންގެ ތެރެއިން، ކޮމިޓީން ފާސްވާ މާކްސް ކަމަށްވާ 75 އިންސައްތައަށް ވުރެ މަތިން މާކްސް ލިބުނީ ފަސް ބޭފުޅުންނަށެވެ. އެ ބޭފުޅުންގެ ތެރެއިން 97 އިންސައްތަ މާކްސް ލިބިވަޑައިގެން، ލިސްޓުގެ އެންމެ ކުރީގައި އުޅުއްވަނީ މަހާޒެވެ.

މައުޟޫޢުތަށް