ކޮއްކޮއާ ބެހި، އާއިލާގެ ނަމަށްޓަކައި މައްސަލަ ދޫކޮށްލަން އެދުނު މީހާގެ 15 އަހަރުގެ ޖަލު ހުކުމް ދަމަހައްޓައިފި

ސަން

7 އޮކްޓޯބަރު 2025 | އަންގާރަ | 10:06

އަމިއްލަ އާއިލާގެ ކުޑަ އަންހެން ކުއްޖަކާ ބެހުނު މީހެއްގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމަކަށް ހައިކޯޓުން މިއަދު ތާއީދުކޮށްފިއެވެ.

މިއަދު ހައިކޯޓުން ތާއީދު ކުރި މައްސަލައަކީ، ފިރިހެނަކު އޭނާގެ ތިމާގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވި މައްސަލައެކެވެ. އެއީ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމެކެވެ.

ދެހާސް އެކާވީސް ވަނަ އަހަރު ހިނގި މި ހާދިސާއާ ގުޅިގެން ދަށު ކޯޓުގެ ހުކުމް ހައިކޯޓުން މިއަދު ދެމެހެއްޓީ އެ ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު ހުސެއިން މަޒީދު، މުހައްމަދު ނިޔާޒް އަދި މުހައްމަދު ޝަނީޒް އަބްދުﷲ އެވެ.

މައުޟޫޢުތަށް