މާފުށީގައި ސިޓީ ހޮޓަލެއް އަޅާނެ ބަޔަކު ހޯދަން ހައްޖު ކޯޕަރޭޝަނުން ދެވަނަ ފަހަރަށް އިއުލާނުކޮށްފި

ސަން

7 އޮކްޓޯބަރު 2025 | އަންގާރަ | 11:43

ފަތުރުވެރިކަމަށް މަޝްހޫރު ކ. މާފުށީގައި ސިޓީ ހޮޓަލެއް އިމާރާތްކުރާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް ހައްޖު ކޯޕަރޭޝަނުން މިއަދު އިއުލާނުކޮށްފިއެވެ.

އެންމެ ފުރަތަމަ އެ ކޯޕަރޭޝަނުން މާފުށީގައި ސިޓީ ހޮޓަލެއް އިމާރާތްކުރާނެ ބަޔަކު ހޯދަން އިއުލާނުކުރީ މީގެ ދެމަސްކުރިން، މިދިޔަ އޮގަސްޓު ހައެއްގައެވެ.

އޭގެފަހުން މިއަދު އެ ކޯޕަރޭޝަނުން ވަނީ އެ އިއުލާނު ބާތިލުކޮށް، ސިޓީ ހޮޓަލެއް އިމާރާތް ކުރާނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށް އަލުން ބުނެފައެވެ.

މައުޟޫޢުތަށް