ޗައިނާއަށް ފަހު، ރަޝިއާއިން އައި ފަތުރުވެރިންގެ އަދަދު ވެސް ދެ ލައްކަ ހުރަސްކޮށްފި

ސަން

8 އޮކްޓޯބަރު 2025 | ބުދަ | 9:29

ޗައިނާއަށް ފަހު، ރަޝިއާއިން އައި ފަތުރުވެރިންގެ އަދަދު ދެ ލައްކަ ހުރަސްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން އިއްޔެ އާންމުކުރި އެންމެ ފަހުގެ ހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ 1.6 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ.

އެގޮތުން، މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް މި މަހު ވަނީ 37،799 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. މި އަހަރުގެ މިހާތަނަށް މަހެއްގައި އެންމެ ގިނަ ފަތުރުވެރިން އައީ، މިދިޔަ ޖަނަވަރީ މަހެވެ. އެ މަހުގެ 214،863 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ.

މައުޟޫޢުތަށް