ޔުމްނު މައްސަލަ: ފަރުވާ ކުޑަކުރި ފުލުހުންނަށް އަދި ފިޔަވަޅެއް ނާޅާ
ސަން
8 އޮކްޓޯބަރު 2025 | ބުދަ | 9:49
ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ބައެއް ފުލުހުން ފަރުވާ ކުޑަކުރި ކަމަށް ރިޔާސީ ކޮމިޝަނުން ބުނެފައިވާތީ އެ މައްސަލައިގައި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ޔުމްނު ވެއްޓުނު މައްސަލަ ފެންމަތިވީ އޭޕްރީލް 18، 2025 ގައެވެ.
އެ މައްސަލަ ހިނގި ގޮތް ތަހުގީގުކުރަން އެކުލަވައިލި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ވަކިވަކި ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނެފައެވެ. އަދި، ތަހުގީގުގައި ވެސް ފަރުވާކުޑަކޮށްފައިވުމުން ފިޔަވަޅު އަޅަން ރިޕޯޓުގައި ވަނީ ލަފާ ދީފައެވެ.