ފައިސާ ނަގައިގެން ފުލެޓު ލިސްޓާ ކުޅޭ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރު!

ސަން

8 އޮކްޓޯބަރު 2025 | ބުދަ | 10:15

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަމުން އަންނަ ފުލެޓުތަކުގެ ލިސްޓަށް ބަދަލު ގެނެސް، ރިޝްވަތު ނަގައިގެން ވަކި ބަޔަކަށް ފުލެޓު ދޭން އުޅޭ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގެން، ބޭރުކޮށްލައިފިއެވެ.

މައުރޫފް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ގެދޮރުވެރިޔާ ފުލެޓުތައް ވަކި ބަޔަކަށް ދޭން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައިގެން ވަކި ގުރުއަތެއް ބާއްވަން އުޅޭ ކަމަށް ބުނެއެވެ. އެކަމަކު، އެ މައްސަލަ އެޖެންޑާކޮށްފައެއް ނުވެއެވެ.

އެ ކަމާ ގުޅިގެން ނުރުހުން ފާޅުކުރުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާގޮތުން ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް އެކުލެވިގެންވާ މައްސަލައަކަށް ވާންޖެހޭ ކަމަށެވެ. އެކަމަކު، މައުރޫފް ހުށަހެޅުއްވި މައްސަލައަކީ ހަގީގަތެއްކަން މެންބަރަށް ބަޔާންކޮށްދެވިފައިނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މައުޟޫޢުތަށް