ސިފައިންނާއި ފުލުހުންގެ ވެރިންގެ މާލީ ބަޔާން ވެސް ހާމަކުރަންޖެހޭ: އަޒާން

ސަން

8 އޮކްޓޯބަރު 2025 | ބުދަ | 10:41

ސިފައިންނާއި ފުލުހުންގެ އިތުރުން ކަސްޓަމްސްގެ ވެރިންގެ މާލީ ބަޔާން ވެސް ހާމަކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރްޒޫގް މިއަދު ވިދާޅުވެއްޖެއެވެ.

މިނިވަން މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ. ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުންވަނީ އެ އިސްލާހު ބަލައިގަނެ، އެއަށް ތާއީދު ވެސް ކޮށްފައެވެ.

އެ އިސްލާހުގެ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު އަޒާން މިއަދު ވިދާޅުވީ، ސިފައިންނާއި ފުލުހުންނާއި ކަސްޓަމްސްގެ އިސްވެރިންގެ މާލީ ބަޔާން ވެސް ހުށަހަޅަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މައުޟޫޢުތަށް