މަޝްރޫއުތައް ހިނގާނެކަމުގެ ޔަގީންކަން ދެއްވުމަށް ފަހު، ރައީސް އެނބުރި މާލެއަށް
ސަން
8 އޮކްޓޯބަރު 2025 | ބުދަ | 2:39
އދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރަށްރަށުގައި ފައްޓާފައިވާ އަދި ފައްޓަން ހުރި މަޝްރޫއުތައް ވެސް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދެއްވުމަށް ފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެނބުރި މާލެ ވަޑައިގެންފިއެވެ.
އދ. އަތޮޅު ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ 10 ރަށަކަށް ޒިޔާރަތްކުރައްވާފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ، އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މުއިއްޒު މިއަދު އެނބުރި މާލެ ވަޑައިގެންފައިވާ ކަމަށެވެ. އަދި، ދަތުރުފުޅުގެ ތެރެއިން، ދަނގެތި، ދިއްދޫ، އޮމަދޫ، ދިގުރަށް، މާމިގިލި، މަންދޫ، ފެންފުށި، ހަންޏާމީދޫ، މަހިބަދޫ، އަދި، ކުނބުރުދުއަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވި ކަމަށެވެ.