"ރައްޔިތުންގެ ވޯޓަކުން ފުލުސް ކޮމިޝަނަރަކު އައްޔަންކުރީމަ ސިޔާސީ ވާނެ"
ސަން
8 އޮކްޓޯބަރު 2025 | ބުދަ | 7:16
ފުލުހުންގެ ކޮމިޝަނަރު ރައްޔިތުންގެ ވޯޓަކުން ހޮވޭ، އަދި ވަކިކުރެވޭ ގޮތަށް ހަދަންޖެހޭ ކަމަށް، ޤާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ލިޔުއްވުމާ ގުޅިގެން، އެއީ އެންމެ ރަނގަޅު އުސޫލު ނޫން ކަމަށް، ފުލުހުންގެ ކުރީގެ އިސްބޭފުޅުން ވިދާޅުވެއްޖެއެވެ.
އަލީ އިއްޔެ 'އެކްސް'ގައި ލިޔުއްވިގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ބާރާއި ނުފޫޒުގެ ދަށުގައި ފުލުހުންގެ ކޮމިޝަނަރަކު ހުރެގެން ނޫނީ ދުވަހަކުވެސް ފުލުހުންގެ މަސައްކަތް ރައްޔިތުންނަށްޓަކައެއް ނުކުރެވޭނެއެވެ.
އަލީގެ ޕޯސްޓު ކޯޓްނުކުރެއްވި ނަމަވެސް، ކުރިން ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރުގެ މަގާމު ފުރުއްވުމަށް ފަހު، މިހާރު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމު ފުރުއްވަމުން ގެންދަވާ ޑރ. އަބްދުالله ފައިރޫޝް ލިޔުއްވިގޮތުގައި، ފުލުހުންގެ ކޮމިޝަނަރަކު ކަމަށް ފުލުހަކު އިންތިޚާބުކޮށްފިނަމަ ނަތީޖާއަކަށް ވާނީ ސިޔާސީ ތަނަކަށް ފުލުހުންގެ ޚިދުމަތް ބަދަލުވުމެވެ.