ޑައުންޕޭމެންޓަށް ދައްކާ ފައިސާ ހޯދައިދޭނެ ކަމަށް ބުނެ، އެމްޑީޕީން ގޮވާލީ ފުލެޓް ކުލި ކުޑަކޮށް ދައްކަން

ސަން

8 އޮކްޓޯބަރު 2025 | ބުދަ | 5:22

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އެޅި 4،000 ފްލެޓުގެ ކުލި މި ސަރުކާރުން ބޮޑުކޮށް، ޑައުންޕޭމެންޓަށް 25،000 ރުފިޔާ ނަގަނީ އުސޫލާ ޚިލާފަށް ކަމަށް ބުނެ، ސަރުކާރުން ބުނާ މިންވަރަށް ކުލި ނުދައްކަން އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީގެ ސަރުކާރުން ނިންމައި, އިއުލާން ކުރީ އެ ސްކީމުގެ ދަށުން އެޅި ތިން ކޮޓަރީގެ ފްލެޓެއް މަހަކު 8,000 ރުފިޔާގެ ކުއްޔަކަށް ދޫކުރަންށެވެ. އަދި ދެ ކޮޓަރީގެ ފްލެޓެއް 6,000 ރުފިޔާގެ މަހު ކުއްޔަކަށް ދޫކުރާށެވެ.

މި ސަރުކާރުން ނިންމާފައި ވަނީ ފްލެޓްތަކުގެ އެޑްވާންސް ފީއެއްގެ ގޮތުގައި ތިން ކޮޓަރީގެ ފްލެޓްތަކުން 25,000 ރުފިޔާ ނެގުމަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް 15,000 ރުފިޔާގެ އެޑްވާންސް ފީއެއް ނަގަން ވަނީ ނިންމައިފައެވެ.

މައުޟޫޢުތަށް