ސިޓީ ކައުންސިލް އޮވެ ނުހޯދޭ ފައިދާ ރަށު ކައުންސިލްތަކުން އެބަ ހޯދާ، ފައިދާވާނީ ވަކިވެގެން: އައިބީ
ސަން
8 އޮކްޓޯބަރު 2025 | ބުދަ | 11:55
ސިޓީ ކައުންސިލްތައް އޮވެގެން ނުވާ ކަންކަން ރަށު ކައުންސިލްތަކުން ކުރާ ކަމަށާއި، ފޭދޫ އައްޑޫ ސިޓީ ކައުންސިލާ ވަކިވެއްޖެނަމަ ފޭދުއަށް ކުރާނެ ފައިދާ މާ ބޮޑުވާނެ ކަމަށް، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ، އައްޑޫގައި ފެންނަ ނުފެންނަ ވޯޓެއް މި ނަގަނީ އައްޑޫގެ އިދާރީ މަސައްކަތްތައް ކުރިއަށްދަނީ، އަދި ތަރައްގީގެ މަޝްރޫއުތައް ހިންގަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެ އެ ސިޓީގެ ބައެއް ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހު ދަންނަވާތީ ކަމަށެވެ.
އައްޑޫ ސިޓީއެއްގެ ގޮތުގައި އުފެދުނުއިރު އެ ސިޓީގެ ފޭދުއާއި މީދޫން ބުނީ ނޫނެކޭ ކަމަށާއި، އެކަމަކު އޭރުގެ ސަރުކާރުން އެގޮތަށް ބޭއްވީ ކަމަށް އައިބީ ވިދާޅުވިއެވެ.