އެކްސިޑެންޓުވުމުން ހޮސްޕިޓަލަށް ގެންގޮސްދިން ނަމަވެސް، މައްސަލަ ރިޕޯޓުނުކުރުމުން ފުލުހަކު ހައްޔަރުކޮށްފި

ސަން

9 އޮކްޓޯބަރު 2025 | ބުރާސްފަތި | 10:15

ފުލުހަކު ދުއްވި ކާރު އެކްސިޑެންޓުވުމުން، އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންގޮސްދީފައި ގެއަށްދިޔަ ނަމަވެސް އެކްސިޑެންޓު ހިނގިކަން ފުލުހުންނަށް ރިޕޯޓުނުކުރުމުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގީ މިދިޔަ މަހު 12 ވަނަ ދުވަހުގެ ރޭ 1:00 އެހާކަންހާއިރު ކަމަށެވެ.

އެ ގޮތުން، މި މައްސަލައިގައި ހައްޔަރުކުރި 33 އަހަރުގެ ދިވެހި ފިރިހެން މީހާ ދުއްވި ކާރުން އެރޭ ހުޅުމާލޭ ފިތުރޯނު މަހު ވެމްކޯ ކައިރިން އައި ސައިކަލެއްގައި ޖެހި އެކްސިޑެންޓުުވީ ކަމަށް ފުލުހުން ބުންޏެވެ. އެކްސިޑެންޓު ހިނގުމުން އަނިޔާވި މީހާ ކާރުގައި ހޮސްޕިޓަލަށް ގެންގޮސްދިން ކަމަށް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް