މުޒާހަރާއަށް ދިޔަ މީހުން ވަޒީފާއިން ވަކިކުރާ ކަމަށް ބުނެ، އެމްޑީޕީގެ ނުރުހުން

ސަން

9 އޮކްޓޯބަރު 2025 | ބުރާސްފަތި | 10:58

އިދިކޮޅު އެމްޑީޕީން މި މަހު ތިންވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާއަށް ދިޔަ މީހުން، ދައުލަތުގެ އެކި މަގާމުތަކުން ވަކިކުރާ ކަމަށް ބުނެ އެ ޕާޓީން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު "ލޫޓުވައިފި، ލޫޓުވައިފި،" ނަމުގައި ބޭއްވި މުޒާހަރާއަށް ގިނަ ބަޔަކު ޖަމާވިއެވެ.

އެމްޑީޕީން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ދައުލަތުގެ ބައެއް އިދާރާތަކުގައި މަސައްކަތްކުރި މުވައްޒަފުންގެ ތެރެއިން އޮކްޓޫބަރު ތިނެއްގެ މުޒާހަރާއަށް ދިޔަ މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި، އެ ޕާޓީގެ ދެ މެންބަރެއްގެ ފޯނު ފުލުހުން ހިފަހައްޓާފައިވާ ކަމަށެވެ.

މައުޟޫޢުތަށް