ކުޅުދުއްފުށީގައި މިދިޔަ މަހު ހެދި މަށިކުޅި ޕްލެޓްފޯމްގެ ލައިޓްތައް ހަމަ ހަދާއިރަށް ގެއްލުންދެނީ

ސަން

9 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:27

މިދިޔަ މަހު ދިހަވަނަ ދުވަހު ކުޅުދުއްފުށީ ސިޓީގައި ހުޅުވި މަށިކުޅި ޕްލެޓުފޯމްގެ ލައިޓުތަކަށް ގެއްލުންދީގެން ހެދިތާ އެއް ދުވަސް ނުވަނީސް އަނެއްކާ ވެސް އެ ލައިޓުތަކަށް ގެއްލުންދީފިއެވެ.

ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު އާތިފް ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ މަށިކުޅި ޕްލެޓުފޯމުގެ ލައިޓުތަކަށް ބަޔަކު ގެއްލުންދީފައިވާ ކަމަށެވެ.

އެހެންވެ، އިއްޔެ އެ ލައިޓުތައް ހެދި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، ރޭގެ ވަގުތެއްގައި އަނެއްކާ ވެސް އެ ލައިޓުތަކަށް ބަޔަކު ގެއްލުންދީފައިވާ ކަމަށް އޭނާ ލިޔުއްވާފައިވެއެވެ.

މައުޟޫޢުތަށް