މިދިޔަ ހަފުތާގައި ސްކޭމްތަކުގައި 3 ލައްކަ ރުފިޔާ ގެއްލުނު، 2 ލައްކަ ހޯދައިފި
ސަން
9 އޮކްޓޯބަރު 2025 | ބުރާސްފަތި | 12:22
މިދިޔަ ހަފުތާގައި ސްކޭމްގެ އެކި މައްސަލަތަކުގައި ގެއްލުނު ތިން ލައްކަ ރުފިޔާގެ ތެރެއިން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފިއެވެ.
ފުލުހުން މިއަދު ވަނީ މިދިޔަ ހަފުތާގައި އެ މުއައްސަސާގެ އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅި ސްކޭމްގެ މައްސަތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.
އެގޮތުން، މިދިޔަ މަހު 28އިން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ސްކޭމްގެ 42 މައްސަލަ ވަނީ ހުށަހަޅާފައެވެ. އެ މައްސަލަތަކުގައި ޖުމުލަ ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން 221،242.33 ރުފިޔާ ފުލުހުން ވަނީ ހޯދާފައެވެ.