މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް، ބޯޑަށް މަސްވެރިއަކު ހަމަޖައްސައިފި

ސަން

9 އޮކްޓޯބަރު 2025 | ބުރާސްފަތި | 6:55

ސަރުކާރު މަސް ކުންފުނި މިފްކޯގެ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށްޓަކައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މަސްވެރިއަކު ހަމަޖައްސައިފިއެވެ.

ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރަސްމީ އެކައުންޓްގައި ހާމަކޮށްފައިވާ ގޮތުގައި، މިފްކޯގެ ބޯޑަށް އައްޔަންކުރީ ގދ. ތިނަދޫ، ރިހިވެލި / ރީޝަމް މުހައްމަދު ޝަރީފެވެ.

ރީޝަމްއާ އެކު މިފްކޯގެ ބޯޑުގައި މިވަގުތު ހަ ޑިރެކްޓަރުން ތިއްބަވާނެއެވެ. އެއީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ފަރުހަތު ޝަހީރުގެ އިތުރުން ސަލާހު ޝަރީފާއި ޝިމާޒާއި ޝަޒްނާ މުހައްމަދާއި ޒުލައިޚާ ޔޫމީ ރަޝީދެވެ.

މައުޟޫޢުތަށް