ފައްޔާޒަށް ތުހުމަތުވާ މައްސަލަ: ސައުދުﷲ ވިދާޅުވީ ބަދަލު ދިނީ ދައުލަތަށް ފައިދާވާ ގޮތަށް ކަމަށް

ސަން

9 އޮކްޓޯބަރު 2025 | ބުރާސްފަތި | 6:46

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުކުރުމަށް ޗިޓު ފޮނުވައިފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުންޏަކާ ގުޅުންހުރި މައްސަލައެއްގައި ކަމަށްވާއިރު، ސައުދު ދިފާއުގައި ވާހަކަދައްކަވައިފިއެވެ.

އޭސީސީން ފައްޔާޒަށް ފޮނުވި ޗިޓުގައިވަނީ، އޭނާ ހާޒިރުކުރަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންނުވާ ބަދަލެއް ދިނުމަށް 2019ގައި އޮލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމުމުގައި ފައްޔާޒް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކޮށްފައެވެ.

އޭގެ އިތުރަށް، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބެންނުޖެހޭ މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި މަސައްކަތްކުރުމުގެ އިތުރުން ފައްޔާޒްގެ އެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ ކަމަށް އޭސީސީން ތުހުމަތުކޮށްފައިވެއެވެ.

މައުޟޫޢުތަށް