އޮޅުހިޔާގައި 20 ދުވަސް ތެރޭ 51 ބުޅާ މަރުވި ކަމަށް ބުނެ ޖަމިއްޔާތަކުގެ އެތައް ކަންބޮޑުވުމެއް
ސަން
9 އޮކްޓޯބަރު 2025 | ބުރާސްފަތި | 10:58
ހުޅުމާލޭގައި ބުޅާތައް ބެލެހެއްޓުމަށް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ދަށުން ހިންގާ އޮޅުހިޔާ ފެސިލިޓީގައި 20 ދުވަސްތެރޭ 51 ބުޅާ މަރުވެފައިވާ ކަމަށް ބުނެ، އެ ފެސިލިޓީއާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ހަތަރު ޖަމިއްޔާއަކުން ފާޅުކޮށްފިއެވެ.
އޮޅުހިޔާ އިންސްޕެކްޓްކޮށްފައިވަނީ، ކެއާ ފޯ ޕޯސް އާއި ޒޫފިލިސްޓް ސޮސައިޓީއާއި ނައިން ލައިވްސް ރާއްޖެއާއި ވެލްފެއާ ފޯ އައިލެންޑް ކެޓްސްއިން ގުޅިގެންނެވެ. އެ ޖަމިއްޔާތަކުން އިންސްޕެކްޝަނަށްފަހު ހެދި ރިޕޯޓެއް އާންމުކޮށްފައިވާއިރު، އެ ރިޕޯޓުގައިވާ ގޮތުން އޮޅުހިޔާގެ ހިންގުން މިދިޔަ މަހުގެ 15 ވަނަ ދުވަހު އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ ފީލައިން ވެލްފެއާ އޯގަނައިޒޭޝަން (އެފްޑަބްލިއުއޯ)އާ ހަވާލުކޮށްފައެވެ.
އެއް އަހަރު ދުވަހަށް ހެދި އެ ކޮންޓްރެކްޓް ރަސްމީކޮށް އިއުލާންނުކުރާ ކަމަށް ރިޕޯޓުގައިވެއެވެ.