ކައިރިކައިރީގައި އެއާޕޯޓު އެޅުމުގައި ދުރު ވިސްނުމެއް ނެތް، ރައްޔިތުންނަށް ވާނީ ގެއްލުން: ފިރާގް

ސަން

10 އޮކްޓޯބަރު 2025 | ހުކުރު | 12:08

އެކި ސަރަހައްދުތަކުގައި ކައިރިކައިރީގައި އެއާޕޯޓުތައް ގާއިމްކުރުމުން ސަރުކާރަށް ގެއްލުންވެ، އާޚިރުގައި ގެއްލުންވާނީ ރައްޔިތުންނަށް ކަމަށާއި، މިއީ އެއްވެސް ދުރު ވިސްނުމެއް އޮވެގެން ސަރުކާރުން ކުރާ ކަމެއްނޫން ކަމަށް، ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި އިނާ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު މިރޭ ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ އަމާޒަކީ، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް 30 މިނެޓުތެރޭ ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުން ކަށަވަރު ކުރުން ކަމަށްވާއިރު، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި، ކޮންމެ ރަށަކުން 20 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮންނަކަން ކަށަވަރުކުރުމުގެ ރޭވުމެއް ގެންގުޅުނެވެ.

އެ ސިޔާސަތުތަކާ ގުޅުވައި، އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފިރާގު ވިދާޅުވީ، ގިނަ އެއާޕޯޓުތައް މިހާރު ގާއިމްކުރަނީ އިގުތިސާދު ކުރިއެރުވުމަށް ވުރެ ބޮޑަށް ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އެގޮތުން، ވަކި ބޭފުޅުން އެކަމުގެ ނާޖާއިޒު މަންފާ ހޯދުމަށްޓަކައި ސަރުކާރުތަކަށް ޕްރެޝަރުކޮށްގެން އެއާޕޯޓު އަޅާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މައުޟޫޢުތަށް