ބައޯމެޓްރިކްސް އަދާހަމަނުކުރާ 27،723 ބިދޭސިއެއް، މަސްދުވަހުގެ ތެރޭ އަދާހަމަނުކުރާ ނަމަ ޑީޕޯޓުކުރަނީ

ސަން

10 އޮކްޓޯބަރު 2025 | ހުކުރު | 12:15

މިވަގުތު ބައޯމެޓްރިކްސް އަދާހަމަނުކޮށް ތިބި 27،000 އަށް ވުރެ ގިނަ ބިދޭސީން، ކުރިއަށް އޮތް މަސްދުވަހުގެ ތެރޭ ބައޯމެޓްރިކްސް އަދާހަމަނުކުރާ ނަމަ ރާއްޖޭން ފުރުވާލާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓްރީން މިރޭ ދީފިއެވެ.

އެ މިނިސްޓްރީގެ އިއުލާނުގައި އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ވަޒީފާދޭ ފަރާތްތަކުގެ ގޮތުގައި އެކްސްޕެޓް ސިސްޓަމްގައި 3،942 ފަރާތެއް ރަޖިސްޓްރީކޮށް، އެ މީހުންގެ ދަށުގައި ތިބި ބިދޭސީންގެ ތެރެއިން 27،723 ބިދޭސިއަކު އަދިވެސް ބައޯމެޓްރިކްސް އަދާހަމަނުކޮށް އެބަތިއްބެވެ.

މިނިސްޓްރީން ބުނީ، ބައޯމެޓްރިކްސް އަދާހަމަކުރުމުގެ ފަހު ފުރުސަތު އަންނަ ނޮވެމްބަރު މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

މައުޟޫޢުތަށް