އެމްޑީޕީގެ އެއްވުމަށް ބަޑި ޖަހަން ގޮވާލި ކަމަށް ބުނާ ޝުއައިބުގެ ފޯން ނުހިފަހައްޓާ، ހާޒިރުކުރަނީ

ސަން

10 އޮކްޓޯބަރު 2025 | ހުކުރު | 12:49

އިދިކޮޅު އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި އެއްވުމުގައި އުސޫލާ ޚިލާފުވާނަމަ ބަޑި ޖަހަން، ފޭސްބުކްގައި ގޮވާލި ކަމަށް ބުނާ ޝުއައިބު އަލީ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގައި ޝުއައިބު ވަނީ، "މުޒާހަރާގެ ބައިވެރިން ހުއްދަ ދިން ގޮތާ ހިލާފުވާނަމަ ތަޅައި ތިރިކޮށްލަންވީ، ބަޑި ވެސް ޖަހަންވީ" ކަމަށް ފޭސްބުކްގައި ލިޔެފައެވެ.

އެ ޕޯސްޓް މިހާރު އޭނާގެ ޕޭޖުން ފެންނަން ނެތެވެ. ނަމަވެސް އޭނާ ވަނީ އެ ޕޯސްޓު ދިފާއުކޮށް ވާހަކަދައްކައިފައެވެ.

މައުޟޫޢުތަށް