ހުޅުމާލެ ހޮސްޕިޓަލުގައި މުޅިން އަލަށް އާތްރޮސްކޮޕިކް ނީ ސާޖަރީކޮށްފި

ސަން

10 އޮކްޓޯބަރު 2025 | ހުކުރު | 5:40

ހުޅުމާލެ ހޮސްޕިޓަލުގައި މުޅިން އަލަށް އާތްރޮސްކޮޕިކް ނީ ސާޖަރީއެއް ކޮށްފިއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހުޅުމާލެ ހޮސްޕިޓަލް ބަލަހައްޓަވާ، ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގެ އޮތޯޕީޑިކް ޑިޕާޓްމަންޓްގެ ކްލިނިކަލް ހެޑް، ޑރ. އަޙްމަދު ޢާޒިމްގެ އިސްނެންގެވުމުގެ ދަށުން މުޅިން އަލަށް އާތްރޮސްކޮޕިކް ނީ ސާޖަރީއެއް އެ ހޮސްޕިޓަލްގައި ކޮށްފައިވާކަމަށެވެ.

އަދި ރަސްމީކޮށް އެ ސާޖަރީގެ ޚިދުމަތް ވެސް މިހާރު ފެށިފައިވާ ކަމަށް ވިދާޅުވިއެވެ.

މައުޟޫޢުތަށް