ރާއްޖެއިން ލިބެންނެތް ބޭހެއް ހޯދަން ޖެހުނީތަ؟ ހަދަންވީ ގޮތް މިއޮތީ!
ސަން
11 އޮކްޓޯބަރު 2025 | ހޮނިހިރު | 11:50
ކެންސަރުގެ ހަތަރުވަނަ ސްޓޭޖްގައި ހުރި މަންމައަށް ބޭނުންވާ ބޭސް ނުލިބިގެން މީގެ ދެ ދުވަހެއް ކުރިން ސޯޝަލް މީޑިއާގައި އާންމު ރައްޔިތަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ މީހާ ފޭސްބުކްގައި ކުރި ޕޯސްޓުގައި ވަނީ އެސްޓީއޯ މެދުވެރިކޮށް މީގެ ކުރިން ބޭސް ގެނައި ނަމަވެސް، މިހާރު އެގޮތަށް ބޭސް ނުލިބޭ ކަމަށެވެ. އަނެއް ބަޔަކު ބުނެފައިވަނީ ބޭހުގެ ސިޔާސަތު ހަރުކަށިކޮށްފައިވާ ކަމަށެވެ.
ބޭސް ހޯދުމަކީ ވަރަށް ހައްސާސް މައުޟޫއެއް ކަމަށްވުމުން، "ސަން"އިންވަނީ ކަމާ ބެހޭ ފަރާތްތަކާ މިކަމާ ގުޅޭގޮތުން ވާހަކަދައްކައި ސޯޝަލް މީޑިއާގައި ދެކެވޭ ތަފާތު ވާހަކަތަކާ ގުޅޭ ޖަވާބުތަކެއް ހޯދައިފައެވެ.
އެންސްޕާއިން ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވި ގޮތުގައި، ބައެއް ހާލަތުގައި ބޭސް ނުލިބެން ދިމާވާ އެކި ސަބަބުތައް ހުރެއެވެ. އޭގެތެރެއިން އެއް ސަަބަބަކީ، ޑޮކްޓަރު ލިޔެދޭ ބޭހަކީ ރާއްޖޭގައި ނެތް ބޭހަކަށް ވުމެވެ. ނުވަތަ އެ ބޭހެއް ރާއްޖޭގައި ރެޖިސްޓާކޮށްފައި ހުއްޓަސް، ބޭހެއް ލިބެން ނެތުމެވެ.