ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓް ޚިދުމަތް ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ދިނުން ފާހަގަކޮށްފި
ސަން
10 އޮކްޓޯބަރު 2025 | ހުކުރު | 7:40
ދިރާގުގެ ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޅާކުރުން އެ ކުންފުނިން ރޭ ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
މި ކުރިއެރުން ފާހަގަކުރީ ރޭ ނަސަންދުރާގައި އެ ކުންފުނިން ބޭއްވި ހަފުލާއެއްގައެވެ.
މިއީ ރާއްޖޭގެ މުވާސަލާތީ ކުންފުންޏަކުން މިފަދަ ކަމެއް ހާސިލްކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، ދިރާގުން މިހާރު ވަނީ ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ޑޭޓާ ނެޓުވޯކު ގާއިމުކޮށްފައެވެ.