އަދި ފްލެޓުތައް ދީ ނުނިމެ، މިހާރު ބޮޑު އަގުގައި ކުއްޔަށްދޭން އިއުލާނުކޮށްފި!

ސަން

10 އޮކްޓޯބަރު 2025 | ހުކުރު | 8:21

މިދިޔަ އެމްޑީޕީ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފުލެޓު ލިބޭ މީހުންގެ ތެރެއިން، 100 އެއްހައި މީހުންނަށް ވެސް އަދި ފްލެޓް ދީ ނުނިމި އުޅެނިކޮށް އެ ތަންތަން ބޮޑު އަގުގައި ކުއްޔަން ދޭން އިޝްތިހާރުކުރަން ފަށައިފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދިން މައުލޫމާތުގައި ބުނީ، 62 މީހަކާ މިހާތަނަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށާއި އެންމެ ފުރަތަމަ ހަވާލުކުރަމުން އަންނަނީ އެ މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން އަމާން އުދަރެހުގެ 14ވަނަ ޓަވަރުގެ ފުލެޓުތައް ކަމަށެވެ.

ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުނުކޮށްގެން، މި ވޭތުވެދިޔަ ދުވަސްތަކުގައި އެތައް ޝަކުވާއަކާއި ކަންބޮޑުވުން އެ ފްލެޓްތައް ލިބެން ތިބި މީހުން އައީ ފާޅުކުރަމުންނެވެ.

މައުޟޫޢުތަށް