އޭއައި ބޭނުންކޮށްގެން ކިޔަވައި ދިނުމަށް، ޓީޗަރުން ތަމްރީނު ކުރަނީ
ސަން
11 އޮކްޓޯބަރު 2025 | ހޮނިހިރު | 12:44
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކިޔަވައި ދިނުމަށް، ޓީޗަރުން ތަމްރީނު ކުރާ ބޮޑު ކެމްޕެއިނެއް އަންނަ އަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދާއި މާދަމާ ކުރިއަށްދާ ޕްރިންސިޕަލުންގެ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ސުކޫލުތަކުގައި ކިޔަވައިދެމުން އަންނަނީ, އިސްލާމް ދީނާއި ގައުމު ދެކެ ލޯބިވާ ކުދިން ދިރިއުޅުމަށް ތައްޔާރު ކުރުމަށް ކަމަށެވެ.
އެގޮތުން، ގައުމު އުނގެނުމުގެ މަތީގައި ދެމިއޮންނާނީ ވިސްނައި ފިކުރު ކުރާ ޒުވާނުންނާއި ދަރިވަރުންތަކެއް އުފެދިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނޫންނަމަ، ސުކޫލު މަރުހަލާ ނިންމުމަށް ފަހު އޮއްޓަރު ހުރި ކަންކަމުގައި ޒުވާނުންނަށް ނޫޅެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.