ފުލެޓް ދެނީ އެންމެ ބޭނުންޖެހިފައިވާ މީހުންނަށް، ކުއްޔަށް ދޫކުރާނަމަ އަތުލާނަން: އެފްޑީސީ
ސަން
11 އޮކްޓޯބަރު 2025 | ހޮނިހިރު | 4:09
ގެދުވެރިޔާ ސްކީމުގެ ދަށުން 4،000 ލިބޭ މީހުންނަށް ފުލެޓު ދީ ނުނިމި އުޅެނިކޮށް ބޮޑު އަގުގައި ކުއްޔަށް ދޫކުރަން އިޝްތިހާރުކުރަން ފަށާފައިވާއިރު، އެ ފުލެޓުތައް އެއްބަސްވުމާ ޚިލާފަށް ކުއްޔަށް ދޭ މީހުންގެ ފުލެޓު އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެއެވެ.
އެފްޑީސީން އެ ފުލެޓުތަކުގެ ތަޅުދަނޑިތައް ވެރިފަރާތާ ހަވާލުކުރަން ފަށާފައިވާއިރު، ސޯޝަލް މީޑިއާގައި، އަދި ބައެއް ޕްލެޓްފޯމްތަކުގައި މި ތަންތަން ކުއްޔަން ދޭން ވަނީ އިއުލާނު ޖަހައިފައެވެ. އެގޮތުން އެފްޑީސީން 10،500 ރުފިޔާއަށް ކުއްޔަށް ދޭ ތިން ކޮޓަރީގެ އެޕާޓްމަންޓެއް 25،000 ރުފިޔާއަށް ކުއްޔާ ދޫކުރާ ކަމަށް ބުނެ އިޝްތިހާރެއް ޖަހައިފައިވެއެވެ.
://./212488