ސެޕްޓެމްބަރުގައި ތެރަޕީއަށް އެންސްޕާއިން ހަތް މިލިއަން، ބިހޭވިއާ ތެރަޕީއަށް އެކަނި ދެ މިލިއަން
ސަން
11 އޮކްޓޯބަރު 2025 | ހޮނިހިރު | 4:33
ނިމުނު ސެޕްޓެމްބަރު މަހުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ޖުމުލަ ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ.
އެ އިދާރާއިން ވަނީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރަޕީއަށް މިދިޔަ މަހު ހިނގި ޚަރަދުގެ ތަފްސީލުތައް އާންމުކޮށްފައެވެ.
އެގޮތުން، ޖުމުލަ 7.7 މިލިއަން ރުފިޔާ މިދިޔަ މަހު ތެރަޕީތަކަށް އެންސްޕާއިން ޚަރަދުކޮށްފައިވެއެވެ. އޭގެތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ، ބިހޭވިއާ ތެރަޕީއަށެވެ. އެ ތެރަޕީގެ 235 މީހުންނަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.