"ހަމަލަތައް ހުއްޓި ނަމަވެސް ވިސްނުމަކީ އިޒްރޭލު ޕާސްޕޯޓު މަނާކޮށްފައި ބޭއްވުން"

ސަން

11 އޮކްޓޯބަރު 2025 | ހޮނިހިރު | 6:14

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުން ދިޔަ ޤަތުލުއާންމު ހުއްޓާލުމަށް އެއްބަސްވެ ހަމަލާތައް މިހާރަށް ހުއްޓި ނަމަވެސް، އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ނިންމި ނިންމުން އަނބުރާ ގެންދިއުމަށް ވިސްނުމެއް ނެތްކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރީ މިދިޔަ އޭޕްރިލް މަހުގެ 15 ގައެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ނިންމީ އިޒްރޭލުން ހިސޯރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިންގަމުން އައި ޤަތުލުއާންމު ހުއްޓާލަންދެނެވެ.

މައުޟޫޢުތަށް