136 ފަރާތެއް ބާ އިމްތިހާނު ހެދި، އެހެން އަހަރުތަކަށްވުރެ މަދު
ސަން
11 އޮކްޓޯބަރު 2025 | ހޮނިހިރު | 7:17
މިއަހަރުގެ ބާ އިމްތިހާނު 136 ފަރާތަކުން ފުރިހަމަކޮށްފައިވާ ކަމަށް، ބާ ކައުންސިލުން މިއަދު ބުނެފިއެވެ.
މިއީ ރާއްޖޭގައި ބާ އިމްތިހާނު ބާއްވާ ހަތަރުވަނަ އަހަރެވެ. އަދި މީގެ ކުރީ އަހަރުތަކާ އަޅާ ބަލާއިރު އެންމެ މަދުން ކެންޑިޑޭޓުން ބައިވެރިވި އަހަރަކީ ވެސް މިއީއެވެ.
ބާ ކައުންސިލުން ބުނީ، 2022ވަނަ އަހަރަށް ފަހު މިހާތަނަށް 644 ކެންޑިޑޭޓަކު ބާ އިމްތިހާނު ފުރިހަމަކޮށްފައިވާ ކަމަށެވެ. އެއީ މި އަހަރު ބައިވެރިވި 136 ކެންޑިޑޭޓުންގެ އިތުރުން 2022ގައި ބައިވެރިވި 176 ކެންޑިޑޭޓުންނާއި 2023ގައި ބައިވެރިވި 149 ކެންޑިޑޭޓުންނާއި މިދިޔަ އަހަރު ބައިވެރިވި 183 ކެންޑިޑޭޓުންނެވެ.