ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވާ ފަރާތްތަކަށް އަންނަ އަހަރުން ފެށިގެން އެވޯޑު ދެނީ
ސަން
11 އޮކްޓޯބަރު 2025 | ހޮނިހިރު | 11:00
ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވާ ފަރާތްތައް ފާހަގަކޮށް އަންނަ އަހަރުން ފެށިގެން އެވޯޑު ދޭން ފަށާނެ ކަމަށް، ޓޫރިޒަމް މިނިސްޓަރު ތޯރިޤު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ތިންވަނަ ފަތުރުވެރިކަމުގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތޯރިޤު ވަނީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ތަރައްގީކުރުމަށް، އެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެނަށް ގޮވާލައްވައިފައެވެ. ފަތުރުވެރިކަން ކުރިއެރުވުމަށް ޓަކައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެވޯޑު ހާސިލްކުރި ފަރާތްތަކާ އެކީ މިނިސްޓަރު ތޯރިޤު އިބްރާހީމް ފޮޓޮއަކަށް ހުއްޓިވަޑައިގެން --- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ