ހުޅުދޫ ޕާކުން އަސްދޫނިތައް މަރުވި މައްސަލަ ފުލުހުން ބަލަނީ
ސަން
12 އޮކްޓޯބަރު 2025 | އާދިއްތަ | 11:08
ގިނަ ބަޔަކު ޒިޔާރަތްކުރާ އައްޑޫ ސިޓީ ހުޅުދޫގެ "ޑަކްޕާކު"ގައި އުޅެމުންދިޔަ އަސްދޫނިތައް މަރުވި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ހުޅުދޫ ޑަކްޕާކުގައި އުޅެމުންދިޔަ އަސްދޫނިތަކާއި ދިރުންތައް މަރުވާ މައްސަލަ، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް، މީހަކު ހައްޔަރުކުރިކަން ނުވަތަ ނުކުރާކަން ނުބުނެއެވެ.
ހުޅުދޫގެ ޑަކްޕާކުގައި އުޅެމުންދިޔަ އަސްދޫނިތައް މަރުވުމާ ގުޅިގެން، އެއީ ބަޔަކު ގަސްދުގައި ދިން ގެއްލުމެއްގެ ގޮތުގައި އެ އަވަށުގެ ކައުންސިލަރު ހުސައިން ފައިޒުއްރަހުމާން ވަނީ ތުހުމަތުކުރައްވައިފައެވެ.